Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

މާލެ އާއި ވިލިމާލެ ގުޅާލައި، 18 މަތީގެ އެންމެނަށް ގޯތި ދެނީ

މާލެ އާއި ވިލިމާލެ ގުޅާލައި 18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށް ގޯތި ދެއްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށް މިރޭ ޖުމްހުރީ މައިދާނުގައި ބޭއްބވި ރަސްމިއްޔާތުގައި ރައިސް ވިދާޅުވީ މާލެ ވިލިމާލެ ގުޅާލާ ބޮޔަ މަޝްރޫއު އާއި އެކު އެތަނުގެ އަބާދީ 300،000އަށް އިތުރުކޮށް 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް 1000 އަކަފޫޓުގެ ގޯއްޗެއް ދެއްވާނެކަމަށެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ޖަމާ ކުރެއްވުމަށް ގެންދަވާ މި މަޝްރޫއުގެ މާ ބޮޑު ތަފްސީލެއް ރައީސް ނުދެއްވައެވެ.

ނަމަވެސް ރައީސްވަނީ ހުޅުމާލާގައި ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓަށް އަލިއަޅުއްވާލައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގައި ކުރިއަށް ގެންދަވާ 17،000 ފްލެޓު މަޝްރޫއުގެ ދަށުންވެސް ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ލިބިގެން ނުދާކަމަށެވެ.

އެހެންވެ އެމަނިކުފާންގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ހުށަހަޅުއްވާ މަޝްރޫއަކީ ވިލިމާލެ 2 ތަރައްޤީ ކުރެއްވުން ކަމަށެވެ.