Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ލަކިލަކި ޖަހާފައި އިންތިޚާބު ކާމިޔާބު ކުރާނަން: ޝަހީމް

ކިތަންމެ ވަރަކަށް ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ނަަމަވެސް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު "ލަކިލަކި ޖަހާލާފައި" ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، މިރޭ ގއ.މާމެންދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މިރޭގެ ޖަލްސާގައި ޝަހީމް ވާހަކަ ދެއްކެވަމުން ޝަހީމް ވިދާޅުވި ގޮތުގައި ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ބަޔަކު ކޮންމެ އެއްޗެއް ކީނަމަވެސް އަޅުގަނޑުމެން ލަކިލަކި ޖަހާލާފައި މިއިންތިޚާބު ކާމިޔާބު ކުރާނަން." ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަށް ވޯޓު ދޭން ޖެހޭނެ ކަމަށެވެ.