ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
އީސީން ވަނީ އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑެސީ ގަބޫލުކޮށްފައިވާކަން ލިޔުމުން އަންގަވާފައެވެ.
އިބޫ އާއި ރަނިންމޭޓް، ފައިސަލް ނަސީމް ވަނީ ރާއްޖޭގެ އެންމެ ދެކުނުން، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއިން ރިޔާސީ ކެމްޕޭން ރަސްމީކޮށް މިމަހު ފަށާފައެވެ.
އިދިކޮޅުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބު އިއްތިހާދުން ފަސޭހަކަމާއެކު ކާމިޔާބު ކުރާނެ ކަމަށެވެ. ނަމަވެސް އިންތިޚާބު ސައްހަ ވާނެ ކަމާމެދު އިދިކޮޅުން ވަނީ ސުވާލު އުފައްދާފައެވެ.