ޕާކިސްތާނުގެ އާންމު އިންތިޚާބު އިމްރާން ޚާންގެ ޕީޓީއައި ޕާޓީން ކާމިޔާބުކުރުމުން އިދިކޮޅު މައި ދެ ޕާޓީން އިންތިޚާބު ބޮއިކޮޓްކޮށް، މަގުތަކަށް ނިކުތުމަށް ގޮވާލައިފިއެވެ.
އިންތިޚާބާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް އިސްލާމް އާބާދުގައި ބޭއްވި ބައްދަލުވުންތަކަށް ފަހު އެއް ޕާޓީ ލީޑަރަކު ވަނީ އާއިންތިޚާބެއް ބޭއްވުމަށް ގޮވާލައި ޕާޓީގެ މެމްބަރުން މަގުތަކަށް ނިކުތުމަށް ގޮވާލާފައެވެ.
ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީން، އޭނާގެ ކޮއްކޮ ޝަހްބާޒް ޝަރީފް ބުނެފައިވަނީ އަދި އެޕާޓީން އިންތިޚާބު ގަބޫލުކުރާނީތޯ ނުވަތަ ބޮއިކޮޓް ކުރާނީތޯ ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް އެމްއެމްއޭ ޕާޓީ އަދި އިދިކޮޅު ފަރާތްތަކުގެ ތަރުޖަމާނު، މައުލާނާ ފަޒަލުއްރަހްމާން ބުނެފައިވަނީ އިންތިޚާބު އަލުން ބޭއްވުމަށް އިދިކޮޅުން ގޮވާލާ ކަމަށެވެ. އަދި މުޒާހަރާ ވެސް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުގައި އިމްރާން ޚާންގެ ޕާކިސްތާން ތާރީޚީ އިންސާފް ޕާޓީން ވަނީ މަޖިލީހުގެ 272 ގޮނޑީގެ ތެރެއިން 115 ގޮނޑި ކާމިޔާބުކޮށްފައެވެ. މިނަތީޖާއާއެކު އޭނާގެ ޕާޓީން އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު ޑިމޮކްރަސީގެ ހަމަތަކުން އިމްރާން ޚާން ވެގެން ގޮސްފައިވަނީ ޕާކިސްތާނުގެ އާ ބޮޑު ވަޒީރަށެވެ.