Last Updated: May 8, 18:04
Thursday, May 8, 2025
ޚަބަރު

ފޭދޫގައި އިދިކޮޅު ސަޕޯޓަރުންގެ ހަރަކާތެއް ބާއްވައިފި

ފޭދޫގައި މިރޭ ކުރިއަށް ގެންދިޔަ ބޮނޑިބަތް ޖާފަތުގައި ބައިވެރިވި ބައެއް މީހުން.

އައްޑޫ ސިޓީ ފޭދޫގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން ހަރަކާތެއް ބާއްވައިފިއެވެ.

ފޭދޫ އެމްޑީޕީ އޮފީހުން އިންތިޒާމްކޮށްގެން މިރޭ ބޮނޑިބަތް ޖާފަތެއް ބޭއްވި އިރު އެ ޖާފަތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

މިއީ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް(އިބޫ)ގެ ކެންޑިޑޭސީ އިލެކްޝަންސް އިން ބަލައިގަތުމާއި ގުޅިގެން ބޭއްވި ޙާއްސަ ޖާފަތެކެވެ.

މި ޖާފަތް ކުރިއަށް ދިޔައިރު ފޭދޫގެ ޒުވާނުންތަކެއް ވަނީ ބޮޑު ބެރުގެ އައިޓަމްތަކެއް ވެސް ހުށަހަޅާފައެވެ.

ފޭދޫ އެމްޑީޕީ އޮފީހުން އިންތިޒާމްކުރި މި ބޮނޑިބަތް ޖާފަތަށް ފޭދޫގެ ކަނބަލުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެ މަސައްކަތުގައި ދޮށީ އުމުރުގެ ގިނަ ބަޔަކު ވެސް ބައިވެރިވިއެވެ.