Last Updated: May 18, 17:09
Saturday, May 18, 2024
ޚަބަރު

އެތެރޭގެ އުދުހުންތަކުގެ އަގު އަތްފޯރާ ފަށަށް ތިރިކޮށްދޭނަން: އިބޫ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ އަގު އަތްފޯރާ ފަށައް ތިރިކޮށްދޭނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެތެެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް ބޮޑު ކަމަށެވެ. އެގޮތުން މާލެއިން އައްޑޫއަށް ކުރާ ވައިގެ ދަތުރުތަކުގެ އަގު މާލެއިން އަވަށްޓެރި ސްރީލަންކާއަށް ދިއުމަށްވުރެ ބޮޑު ކަމަށެވެ.

އިބޫ ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ އަގު ރައްޔިތުން އަތްފޯރާ އަގަކަށް ބަދަލުކޮށް ދެއްވާނެ ކަމަށެވެ.

އިބޫ މިފަދައިން ވިދާޅުވި އިރު ގަމާއި މާލެ ދެމެދު އަގު އުޅެނީ 1730 ރުފިޔާއަށެވެ. އަދި ބައެއް ހާލަތްތަކުގައި 999 ރުފިޔާއަށް ޓިކެޓު ލިބުނު ނަމަވެސް އެއީ ފެއާ ޓިކެޓުގެ އަގެވެ. އެ އަގުގައި ޓިކެޓް ލިބުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.