Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެފްރިކާގައި އިންޑިޔާ އިން ގިނަ އަދަދެއްގެ އެމްބަސީތަކެއް ގާއިމްކުރަނީ

އެފްރިކާ ބައްރުގެ ޤައުމުތަކާއި މެދު ގުޅުން ރަނގަޅު ކުރުމުގެ ގޮތުން އެފްރިކާގެ އިތުރު 18 ގައުމެއްގައި އެމްބަސީތައް ގާއިމްކުރުމަށް އިންޑިޔާއިން ނިންމައިފިއެވެ.

އެފްރިކާ ބައްރުގައި އިތުރު އެމްބަސީތައް ހުޅުވަން ނިންމާފައިވާ ކަން ހާމަކުރެއްވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. އޭނާ މިކަން ހާމަކުރެއްވީ ޔުގެންޑާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

މިއީ އިންޑިޔާގެ ބޮޑުވަޒީރަކު ޔުގެންޑާގެ މަޖިލީހުގައި މިގޮތަށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މޯދީ އެފްރިކާ ބައްރަށް ކުރައްވަމުން ގެންދަވާ 5 ދުވަހުގެ ދަތުރުފުޅުގައި ޔުގެންޑާގެ އިތުރުން ރުވާންޑާ އަދި ސައުތް އެފްރިކާއަށް ވަޑައިގަންނަވާނެއެވެ.