Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ވޯޓުން ބަލިކޮށް ޔާމީން މިގައުމުން ފުރުވާލަން ޖެހޭ: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ފޮޓޯ: ސަން

އަންނަ ރިޔާސީ އިންތުހާބުގެ ވޯޓުން ރައީސް ޔާމީން ބަލިކޮށް ރައްޔިތުން ގެއަށް ވަންނަން ޖެހެނީ އެމަނިކުފާން ގައުމުން ފުރުވާލުމަށްފަހު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެެއެވެ.

ބ. ތުޅާދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވިދާޅުވީ ރައްޔިތުން މިހާރު ތިބީ ހައްދު ފަހަނަޅާފައިވާ އަނިޔާވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ދަރިންނާއޮ ދަރިންގެ މުސްތަގްބަލަށްޓަކައި ޔާމީން ވޯޓުން ބަލި ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމުން ނިންމަން ޖެހޭނީ ހަމައެކަނިލާ ވޯޓަކުން ނޫން، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޔާމީންގެ ވެރިކަން ނިންމަން ޖެހޭނީ ހަމައެކަނި ވޯޓަކުން ނޫން، ވޯޓް ލާފަ އަޅުގަނޑުމެން ގެއަށް ވަދެގެން ނުވާނެ ރައީސް ޔާމީން އިސްތިއުފާދީފަ މިގައުމުން ފުރާގެން ނުދަންދެން، އަޅުގަނޑުމެން ޖެހޭނީ ވޯޓްލާ ވޯޓުން ބަލިކޮށް ޔާމީން މިގައުމުން ފުރުވާލަން، އޭގެ ކުރީގައި އަޅުގަނޑުމެން އެކަކުވެސް ގެއަށް ވަދެގެން ނުވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކީ ރައްޔިތުން މާލެ ސަރަހައްދަށް ތޮއްޖެއްސުން ކަމަށެވެ. ނަމަވެސް ދިވެހިންނަކީ ޖަޒީރާ ވަންތަ ދިރިއުޅުމަކަށް ލޯބި ކުރާ ބައެއް ކަމަށް އަލީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އަލީ ވަނީ ވޯޓުން ރައީސް ޔާމީން ބަލިކޮށްލުމުން ނުފުދޭކަމަށް ވިދާޅުވެފައެވެ.