ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާފާނެތީ މުޅި ރާއްޖެއަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން އެލާޓު ނެރެފިއެވެ.
މެޓު އޮފީހުން ވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 4:30 އާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދަ އަރާފާނެ ކަމަށް ބަލައި އެލާޓު ނެރެފައެވެ.
ALERT WHITE
INFORMATION:
Swell wave surges expected.
Area: Over the country
Period: 29/1230 hrs – 29/1630 hrs.
ISSUED: 1130 hrs 29 July 2018.
-MetService-— Maldives Meteorology (@MetMaldives) July 29, 2018
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތައް:
* އުތުރު: 1331
* މެދުތެރެ:1418
* ދެކުނު: 1450