Last Updated: June 13, 06:05
Saturday, June 13, 2026
މުނިފޫހިފިލުވުން

ރަންވީރަށް އަނިޔާވެގެން "ގުންޑޭ" އާއި "ރާމް ލީލާ" ހުއްޓުމަކަށް

ޒުވާން އެކްޓަރު ރަންވީރު ސިންގް އަންނަނީ އެއްް ފަހަރާ ދެ ފިލްމެއްގައި އެކު އެކީގައި މަސައްކަތް ކުރަމުންނެވެ.
ައެގޮތުން ޔާޝްރާޖްގެ "ގުންޑޭ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ" ގައި އޭނާ އަންނަނީ ވަރަށް ބިޒީކޮށް މަސައްކަތް ކުރަމުންނެވެ.
ދެ ފިލްމަށް ވަގުތު ދޭން ޖެހުމާ ގުޅިގެން އާ އަހަރު އާއިލާ އާ އެކުގައި ފާހަގަ ކުރެވޭނެ ފުރުސަތެއް ވެސް ރަންވީރަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް ކަލްކަތާގައި އަރްޖުން ކަޕޫރާ އެކު "ގުންޑޭ" ގެ ޝޫޓިންގައި އުޅެނިކޮށް ލިބުނު އަނިޔާތަކަކާ ގުޅިގެން އޭނާ އަށް ވަނީ އަރާމު ކުރަން ޖެހިފަ އެވެ، މި ފިލްމްގެ ބަތަލާއަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.
ރަންވީރަށް ލިބުނު އަނިޔާތަކާ ގުޅިގެން ދީޕިކާ ޕަދްކޯން އާ އެކު ޝޫޓް ކުރަމުން އަންނަ "ރާމް ލީލާ" ގެ މަސައްކަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.
މީގެ ކުރިން މި ފިލްމްގެ ލަވައެއްގެ މަންޒަރުތައް ނަގަނިކޮށް ވެސް ރަންވީރަށް އަނިޔާވެފައިވެ އެވެ.
ރަންވީރަށް ނަގަން ޖެހުނު ރެސްޓާ ގުޅިގެން ޝޫޓިން ކުރިއަސް ގެންދެވޭ ގޮތް ނުވެގެން އާ އަހަރު ފާހަގަ ކުރުމަށް އާއިލާގެ ކައިރިއަށް ދާން ބޭނުންވެފައި ހުރި ދީޕިކާ ވަނީ ވަގުތުން ބެންގަލޯރުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ކައިރި އަށް ގޮސްފަ އެވެ.