Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އެސްޓިއޯ އާއި މީރާ ހަމައަކަށް އަޅުވާނަން: އިބޫ

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް

އިއްތިހާދެއްގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ހަމައަކަށް އަޅުވާނެ ދައުލަތުގެ މުވައްސަސާއަކީ މޯލްޑިވްސް އިންލެންޑު ރެވެނިއު (މީރާ) ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޙާޠަބު ކުރައްވަމުން އިބޫ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ރާއްޖެ ތައާރަފްކުރި ޓެކްސް ނިޒާމް މި ސަރުކާރުން ގަޑުބަޑުކޮށްފައިވާ ކަމަށެވެ.

"މީރާއަކަށެއް ބޭނުންހާ ގަވައިދެއް ހަދައިގެން ވިޔަފާރިވެރިން އަތަކުންނެއް މަޖުބޫރުކޮށްގެނެއް ޖޫރިމަނާތަކެއް ނުކުރެވޭނެ. ރައްޔިތުން އަތުން ނަގަންޖެހޭ ފައިސާއެއް ވިއްޔާ ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން. އެއީ ގާނޫނު އަސާސީ ދަންނަ އުސޫލަކީ،" އިބޫ ވިދާޅުވި އެވެ

އިބޫ ވިދާޅުވީ ރައްޔިތުން ބޭނުންހާ ގޮތަކަށް ޖުރިމަނާ ނުކުރެވޭނެކަމަށެވެ.

މީގެ އިތުރުންވެސް ދަައުލަތުގެ ވިޔަފާރި ކުންފުނި އެސްޓިއޯއިން އަމިއްލަ ބައެއް ފަރާތްތަކުން ކުރަމުންދާ ވިޔަފާރީގެ ތެރެއަށް ވަދެ އެވިޔަފާރި ކުރާ ކުރުން ހުއްޓުމަކަށް ގެންނާނެކަމަށް އިބޫ ވިދާޅުވިއެވެ.

"އިގްތިސޯދީ ސިޔާސަތަކީ އަޅުގަނޑުމެން ވިޔަފާރި ކުރާ ސިޔާސަތެއް ނޫން، އެސްޓީއޯއިން ކުރާ ގިނަ ވިޔަފާރިތައް އާންމުންނަށް ދޫކޮށްލާނަން، ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދޭން ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި ހަދާނަން،" އިބޫ ވިދާޅުވި އެވެ.

ބ. އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ މީހުން ދިރިއުޅޭ 9 ރަށައް ވަޑައިގަންނަވާނެއެވެ.