Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އިބޫގެ ކެންޑިޑޭސީ ބަލައިގަތުން ފާހަގަ ކުރަން ހަރަކާތްތަކެއް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ)ގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބަލަގަތުމުން އެކަން ފާހަގަކުރުމަށް އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައި އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ބާއްވައިފިއެވެ.

އެގޮތުން އިއްޔެ ހަވީރު މީދޫ ބަނދަރު ސަރަހައްދުގައި އިބޫ އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޚާއްސަ ސައިފޮދެއް ބާއްވާފައެވެ. އެ ސައިފޮދުގައި ގިނަ ބަޔަކު ބައިވެރިވިއިރު ބައެއް ފަރާތްތަކުން ވަނީ އިބޫއަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.

މީގެ އިތުރުން ރޭ ހުޅުދޫގައި ވެސް ވަނީ އިބޫގެ ކެންޑިޑޭސީ ބަލައިގަތުމާއި ގުޅިގެން އެކަމާއި އުފާފާޅުކޮށް ކަންމަތީ ބައްދަލުވުމެއް ބާއްވާފައެވެ. މި ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހުންނެެވީ ހުޅުދޫ ދާއިރާގެ ކައުންސިލަރ ޝުކުރީއެވެ.

ހުޅުދޫ އަދި މީދޫގައި އިބޫއަށް ތާއީދުކުރާ ފަރާތްތަކުން ދެ ހަރަކާތެއް ބޭއްވި އިރު ހޮނިހިރު ދުވަހުގެ ރޭ ފޭދޫގައި ވެސް ވަނީ ބޮނޑިބަތް ޖާފަތެއް ބާއްވާފައެވެ.