Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ކާކަށްތޯ ތިޔަ ފުރައްސާރަ ކުރައްވަނީ؟: އަލްހާން

ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތައް ނަގަން ކުރެއްވި އަމުރު ތަންފީޒު ކޮށްފިތޯ ސުވާލު ކުރައްވާ ޑރ. މުޙައްމަދު އިޔާޒް ކުރެއްވި ޓްވީޓަށް އަލްހާން ފަހުމީ ރައްދު ދެއްވައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓްގައި ވަނީ ޑރ. އިޔާޒް ކުރެއްވި ސުވާލަކީ ފުރައްސާރަ ކުރެއްވުމުގެ ގޮތުން ކުރެއްވި ސުވާލެއް ކަމަށް ގަބުލު ކުރައްވާ ކަން ހާމަވާ ފަދަ އިބާރާތަކުން ވާހަކަ ދައްކަވައިފަ އެވެ.

"ކާކަށްތޯ ތިޔަ ފުރައްސާރަ ކުރައްވަނީ؟ ބުދު ބެހެއްޓީކީ ރައީސް ޔާމީނެއް ނޫން. ބުދު ނެގިތޯ ރިސޯޓުގެ ވެރިންނަށް ގުޅުއްވާ ސާފުކު ރެއްވުމަށް ނަސޭހަތްތެރިވަން" އަލްހާން ވިދާޅުވި އެވެ.

އަލްހާނަކީ ކުރިން އެމްޑީޕީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވުމަށް ފަހު މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެން އިދިކޮޅު ގުޅިފައިވާ ޕާޓީތަކަށް ފާޅުގައި ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.