އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ފުލުހުން ފަށައިފިއެވެ.
ފުރާވަރުގެ އުމުރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެށި މިޕްރޮގްރާމްތަކުގައި، ޖިނާޢީ ކުށްތަކަކީ ކޮބައިކަމާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ހިމެނޭ ކަންކަމާއި ސައިބަ ކްރައިމްއާ ގުޅޭގޮތުން ދަރިވަރުންނަށް އޮޅުން ފިލުވައިދޭން ޖެހޭ ކަންކަން އޮޅުން ފިލުވައި ދިނުމާއި އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅޭ ގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.
މި މަހުގެ 24 އިން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ދަށުން، މަރަދޫފޭދޫ ސްކޫލްގެ ގްރޭޑް 7 އާއި 8 ގެ ދަރިވަރުންނަށް ސައިބަ ކްރައިމްއާ ގުޅޭ ގޮތުން ދަރިވަރުންގެ ފެންވަރުގައި އެނގެން ޖެހޭ ކަންކަން އޮޅުން ފިލުވައި ދީފައިވެ އެވެ.
މީގެ އިތުރުން ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ހިމެނޭ ކަންކަމާއި ޖިނާޢީ ކުށްތަކާއި ގުޅޭ ގޮތުން ފޭދޫ ސްކޫލްގެ 8-9ގެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެ އެވެ.