Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ކާލަމާ: ބަނާނާ ޕޭންކޭކް

* ބޭނުންވާ ތަކެތި:

100 ގްރާމް ޗަސްކޮށްފައިވާ ދޮންކެޔޮ (ދެ ވައް)
1 ޖޯޑު ފުށް
1 ސައިސަމުސާ މުގުރި ފޮނިތޮށި
4 ބިސް
150 އެމްއެލް ފުލްކްރީމް މިލްކް
2 ސައިސަމުސާ ބޭކިން ޕައުޑާ
ބަޓަރު
މިކްސްޑް ބެރީޒް (ކުދިކޮށް ކޮށާފައި)
މޭޕަލް ސިރަޕް ނޫނީ މާމުއި

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ޗަސްކޮސްފައިވާ ދޮންކޭލާއި ފުށް، މުގުރި ފޮނިތޮށި، ބިސް، ކިރު ބްލެންޑަ ނުވަތަ ފުޑް ޕްރޮސެސަރެއްގައި މިކްސްކޮށްލާވެ. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން ބޭކިން ސޯޑާ އެޅުމަށް ފަހު އިތުރު މިނެޓު ބްލެންޑުކޮށްލާށެވެ.
ދެން ނޮން-ސްޓިކް ތާހެއް މަޑު ގިނީގައި އުދުންމައްޗަށް އުދާށެވެ. ތާސް ހޫނުވުމުން ބަޓަރުކޮޅެއް ހާކައިލާށެވެ. ދެން ކުރިން ބްލެންޑްކުރި ބެޓަރގެ ތެރެއިން ¼ ޖޯޑުގެ އެއްޗެތި ތާހަށް އަޅާށެވެ.

ދެތިން މިނެޓުވެ، ޕެންކޭކުގެ މަތީގައި ބޮކި ޖަހަންފެށުމުން އަނެއް ފުށަށް ޖަހައި އަނެއްކާވެސް ދެ މިނެޓެއްހާ އިރު ފިހެލާށެވެ. ޕެންކޭކްގެ ދެ ފުށް ވެސް ހުންނަން ވާނީ ރަން-ރީނދޫ ކުލައިގަ އެވެ.
ސާވް ކުރާ އިރު ޕެންކޭކް ކޮށާފައިވާ ބެރީޒް އަދި މާމު ނުވަތަ މޭޕަލް ސިރަޕާ އެކު ކެވިދާނެ އެވެ.