ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން އެ ބޭފުޅާ ތާއީދު ކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމަށް ކަމަށް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޝެއިޚް އިލްޔާސް ވަނީ އެކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑު ތާއީދު ކުރަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް އަދި ރަނިންމޭޓް ފައިސަލް ނަސީމް އަށެވެ. މި ދެބޭފުޅުން ވެސް އިސްލާމްދީނަށް ލޯބި ކުރައްވައެވެ. އަދި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވައެވެ. ކިބުރުވެރިކަމާއި ބޮޑާކަމެއް ފެނިފައިނުވެއެވެ. އިންޝާ ﷲ ކާމިޔާބު ލިބޭނެ" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
Alhugandu thaeedhukuranee gulhifaiva party thakuge candidate Ibrahim Mohamed salih & runningmate FAISAL naseem ashev. Mi 2 beyfulhunves islamdheenah loabikuravvaeve adhi rayyithunge maslahatha iskandhevvaeve
Kiburuverkamai bodakameh fenifainuve eve. In sha Allah kamiyabu libeyne.— Ilyas Hussain (@shkilyas) July 30, 2018
މީގެ ކުރިންވެސް ތަފާތު ޓްވީޓް ތަކުގައި ރައީސް ޔާމީންއަށް ތާއީދު ނުކުރައްވާކަން ހާމަވާ ފަދަ ގޮތްގޮތަށް އިލްޔާސް ވާހަކަ ދައްކަވާފައިވީ ނަމަވެސް މިއީ ކަނޑައެޅިގެން އެބޭފުޅާ ތާއީދު ކުރައްވާ ބަޔަކު ހާމަ ކުރެއްވި ފަހަރެވެ.