Last Updated: June 9, 10:24
Tuesday, June 9, 2026
ޚަބަރު

ސޮލަރެލް "ބޮއްކޮއްޔާ އިންޝުއަރެންސް" ތައާރަފުކޮށްފި

އޮޑިވެރިންނާއި ފަޅުވެރިންގެ ރައްކާތެރިކަމަށް ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ފަރާތުން "ސޮލަރެލް ބޮއްކޮއްޔާ އިންޝުއަރެންސް" ގެ ނަމުގައި މުޅިން އާ އިންޝުއަރެންސް ޕޮލިސީ އެއް ތައާރަފް ކޮށްފިއެވެ.

ސޮލަރެލްގެ "ބޮއްކޮއްޔާ" ޕޮލިސީއަކީ މިވަގުތު ރާއްޖޭގައި އޮޑިވެރިޔާ އަދި މަސްވެރިޔާ އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭ ހަމައެކަނި ހަލް އިންޝުއަރެންސެވެ.

ބޮއްކޮއްޔާ ޕޮލިސީގެ ދަށުން ފަޅުވެރިންނަށް ލިބޭ އެންމެ ބޮޑު ފައިދާ އަކީ ކަނޑު މަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ލިބޭ ގެއްލުމުގެ ބަދަލު ލިބުމެވެ. އެގޮތުން އެންދަމަން ފީނުމުގެ ތެރޭގައި އާއްމުކޮށް ދިމާވާ ޑީކޯ ވުމުގެ މައްސަލައަށް ވެސް މި ޕޮލިސީގެ ސަބަބުން އެއްމިލިއަން ރުފިޔާގެ ބަދަލު ލިބެއެވެ.

ބޮއްކޮއްޔާ ޕޮލިސީގެ މައުލޫމާތު ސޮލަރެލްގެ ފަރާތުން އޮޑިވެރިންތަކަކަށް ކިޔައިދެނީ. މި ޕޮލިސީ މިހާރު ލިބޭނެ

މީގެ އިތުރުން އޮޑިވެރިޔާއަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި އުޅަނދުގެ މެޝިނަރީޒް ތަކަށް ލިބޭ ގެއްލުމާއި، ޑައިވް ސާމާންތަކާއި އާލާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބެއެވެ. އަދި އާއްމު ގޮތެއްގައި ބޭންކް ލޯން މެދުވެރިކޮށް ނަގާފައިވާ އުޅަނދެއް ނަމަ އުޅަނދަށް ލިބޭ ގެއްލުން މަރާމާތު ކުރަމުންދާ މުއްދަތުގައި ލޯންގެ އިސްޓޯލްމެންޓުގެ ފައިސާ އިންޝޫރެންސް ކުންފުނިން އޮޑިވެރިޔާއަށް ދައްކައިދެއެވެ.

ސޮލަރެލްއިން ބުނީ މި ޕޮލިސީގެ ދަށުން ބޭންކް ލޯނުތަކުގެ އިންސްޓޯލްމަންޓުގެ ގޮތުގައި އަހަރަކު މިލިއަނަކާއި ހަމައަށް ބަދަލު ދޭނެ ކަމަށެވެ.

ބޮއްކޮއްޔާ އިންޝުއަރެންސް ޕޮލިސީ ކަވަރ ކުރާ ބައިތަކުގެ ތެރޭގައި :-

 

  •  އޮޑި އަދި އޮޑީގެ މެޝިނަރީޒް

  •  ޑައިވް އަދި މަސް ބާނަން ބޭނުންކުރާ އާލާތްތައް

  •  ހާދިސާއެއްގެ ސަބަބުން ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ލޯން ޕޭމަންޓު ދެއްކުން

  •  ފީނަން އުޅުމުގެ ތެރޭގައި ޑީކޯ ވުން

  •  މަރުވުން އަދި ނުކުޅެދުންތެރިކަން

  •  އިމަޖެންސީއެއްގައި ފޮރުކޮށްދޭ ސިއްހީ ހިދުމަތް

  • ހާދިސާއެއްގެ ސަބަބުން ބޭނި މަސްކޮޅަށް ލިބޭ ގެއްލުން ހިމެނެއެވެ.

2016 ވަނަ އަހަރު އިންޝޫރެންސް ހިދްމަތް ދޭން ފެށި ސޮލަރެލްއިން ވަނީ މިވީ މަދު ދުވަސްކޮޅު ތެރޭގައި ދިވެހިންނާއި ގުޅޭ ތަފާތު ޕޮލިސީތައް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ދާދި ފަހުން ތައާރަފު ކުރި ސަފާރީ ތަކަށް ހާއްސަ ޕޮލިސީ އާއި ގޭބިސީތަކަށް ހާއްސަކޮށް ހެދި ގޭބިސީ އިންޝޫރެންސް ޕޮލިސީ ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި އާއްމުކޮށް ދެމުން އަންނަ ހުރިހާ ވައްތަރެއްގެ އިންޝުރެންސްގެ ހިދުމަތް ފޯރުކޮށްދެމުންދާ ސޮލަރެލްއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ އާއްމުން ބޭނުންވާ ގޮތަށް ޕޮލިސީ ބަދަލުކޮށް، ތަފާތު ހިދްމަތެއް ކަސްޓަމަރުންނަށް ދިނުމަށެވެ.

ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީ އާއި ގުޅޭނެ ހޮޓްލައިން ނަމްބަރަކީ 1413 އެވެ.