ރިޔާސީ އިންތިޚާބުގެ ކުރިން، މިހާރު އޮތް އިލެކްޝަންސް ކޮމިޝަން ބަދަލުކޮށް، ދެފަރާތަށް ވެސް އިތުބާރު ކުރެވޭ އިލެކްޝަންސް ކޮމިޝަނެއް އައްޔަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފިއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރެވޭ ކަމަށް ނުސީދާ ގޮތެއްގައި ބުނެފައިވާއިރު އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު މަޝްވަރާއަށް ދިއުމަށް ގޮވާލާފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ކުރިއަށް، ވާދަވެރި ސިޔާސީ ޕާޓީތަކާ ސަރުކާރު ހިންގާ ޕާޓީތަކާ އެކު މަޝްވަރާކޮށް، ހުރިހާ ފަރާތަކަށް އެއްބަސްވެވޭ، އިތުބާރު ހިފޭ، އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް ރައީސް ޔާމީން އަރިހު ދަންނަވަން"
އިލެކްޝަންސް ކޮމިޝަނުން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރާ ކަމަށް އިދިކޮޅުން ބުނަމުން އަންނަ އިރު އީސީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޝަރީފްއަކީ މަގާމަށް އައުމުގެ ކުރިން ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.