Last Updated: April 19, 19:29
Friday, April 19, 2024
މުނިފޫހިފިލުވުން

"ސްޓޫޑަންޓް އޮފް ދި އިޔާ 2" 2019 އަށް

އަންނަ ނޮވެމްބަރު މަހުގެ 23 ގައި ރިލީޒް ކުރަން އޮތް "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ފިލްމްގެ ޕްރޮޑިއުސަރި ކަރަން ޖޯހަރް ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި މަހުގެ 10 ގައި ކަމަށެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކަރަން 2012 ގައި ޑައިރެކްޓް ކުރި ފިލްމްގެ ދެވަނަ ބައެވެ. އެ ފިލްމްގައި ލީޑް ރޯލް ކުޅުނީ އާލިއާ ބަޓާއި ވަރުން ދަވަން އާއި ސިދާތު މަލްއުތުރާ އެވެ.

ދެވަނަ ބައި ކަރަންގެ ބަދަލުގައި ޕުނިތު މަލްއުތުރާ ޑައިރެކްޓް ކުރާ އިރު، މީގެ ކާސްޓުން ވެސް ތަފާތެވެ. ބަތަލަކީ ޓައިގާ ޝްރޮފެވެ. އަދި ބަތަލާއިންނަކީ އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ. އަނަންޔާއަކީ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" ފަސްކުރި ސަބަބެއް ކަރަން ނުބުނެ އެވެ. މި ފިލްމްގެ ޝޫޓީން ފެށި މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.