Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ރައީސްގެ ފަރާތުން ޖޭއެސްސީ އަށް ރޭނިސް ސަލީމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ރައީސްގެ މެމްބަރެއްގެ ގޮތުގައި ގ. ރޭނިސް، އަހުމަދު ސަލީމް މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ސަލީމު ކުރެއްވުމާއެކު އޭނާއަށް މަގާމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީން ވަނީ ދެއްވާފައެވެ.

ކުރިން އެމަގާމުގައި ހުންނެވި ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލްއެވެ. މި މަގާމަށް ސަލީމް އައްޔަން ކުރެވުނީ މި މަހުގެ 24 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ސަލީމް ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރެއްވީ ގޭންގެ މާރާމާރީތަކެއްގައި އޭނާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވި ފުލުހުން އެމައްސަލަ ބަލަން ފެށުމުންނެވެ.