Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ކެމްޕެއިނަށް އިބޫ ސިންގަޕޫރަށް ވަޑައިގެންފި

އިއްތިހާދުގެ ކެންޑިޑޭޓު އައްޑޫގައި

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނު ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާ ވަޑައިގެންފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިބޫ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ ހަމައެކަނި ސިންގަޕޫރަށް ކަމަށެވެ. އަދި މިއީ މެލޭޝިޔާގެ ކެމްޕެއިން ޓީމާ ވެސް ބައްދަލުކުރައްވައި، ކެމްޕޭންގެ ކަންތައްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ސިންގަޕޫރާއި މެލޭޝިޔާ އަކީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލް ދެ މަންޒިލެވެ. މި ދެ ޤައުމުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން ދާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ފޮށިތައް މި ދެ ޤައުމުގައި ވެސް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

އިބޫ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކެމްޕެއިން ދަތުރުފުޅެއްގައި ބ. އަތޮޅުގެ 9 ރަށަކަށްވެސް ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅުގައި އިބޫ ވަނީ ބ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، މެނިފެސްޓޯގައި ހިމެނުމަށް ރައްޔިތުން ބޭނުންވާ ކަންތައް އަޑު އަހައި މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވާފައެވެ.

އެ ދަތުރުފުޅަށް ފަހު އިބޫ އާއި ކޯލިޝަންގެ ޓީމު މާލެ އައީ އިއްޔެ އެވެ.