Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ޑަބްލިއުއެޗްއޯގެ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި

މިދިޔަ އަހަރުގެ އިނާމްތައް ލިބުނު ފަރާތްތައް - ފޮޓޯ: ޑަބްލިއުއެޗްއޯ

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޖަމިއްޔާއިން ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެވޯޑްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އާއި އެ މީހަކު ކުރިމަތިލާ އެވޯޑާ ގުޅޭ ދާއިރާ އިން ކޮށްފައިވާ މަސައްކަތްތަކާއެކު ލިޔެކިޔުންތައް އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީ އަށް ހުށަހަންވާނެ ކަމަށެވެ.

އެ އިނާމްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުންނެވެ. އެއީ ސަސަކަވާ ހެލްތު ޕްރައިޒް، ޔުނައިޓެޑް އެރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް، ސްޓޭޓް އޮފް ކުވައިތު ހެލްތް ޕްރޮމޯޝަން ފައުންޑޭޝަންގެ އިތުރުން ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޯ ޕަބްލިކް ހެލްތު އެވެ.

ކޮންމެ ޤައުމަކުން ވެސް ކޮންމެ އެވޯޑަކަށް ކުރިމަތިލެވޭނީ އެންމެ ގިނަވެގެން އެންމެ މީހަކަށެވެ.

މިހާރު ފުރުސަތު ހުޅުވާލައިފަ މި ވަނީ 2019 ވަނަ އަހަރު ދިނުމަށް ޑަބްލިޔޫއެޗްއޯ އިން ކަނޑައަޅާފައިވާ އެވޯޑްތަކަށެވެ.