Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެ އަށް 12 މިލިއަން ޑޮލަރުގެ އެހީއެއް

ވޯލްޑް ބޭންކާއި ސަރުކާރާއިމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މިހާރު

ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ރިޑިހޮ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކުގެ ލަރުގެ ފައިނޭންޝަލް ޕެކޭޖުގެ ދެބައިކުޅަ އެއްބަޔަކީ ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދީފައިވާ ފައިސާ ކަމަށެވެ.

މިއީ ސަރުކާރުގެ ޕަބްލިކް ރިފޯމް އެޖެންޑާ އަށް ވޯލްޑް ބޭންކުން ދިން ވަރަށް މުހިންމު އެހީއެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު އައިޑާ ރިޑިހޮ ވިދާޅުވީ ދިވެހި ސަރުކާރަށް ދޭ މި އެހީގެ ސަބަބުން ބަޖެޓު ސިސްޓަމް ވަރުގަދަ ވެގެންދާނެ ކަމަށާއި، އާންމުންނާއި މައުލޫމާތު ކޮންމެހެން ބޭނުންވާ އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބޭނުންވާނެ މައުލޫމާތުތައް ލިބުމަށް މަގު ފަހި ވެގެންދާނެ ކަމަށެވެ.

ވޯލްޑް ބޭންކުން ވަނީ ދާދިފަހުން ރާއްޖޭގެ ކުނި މެނޭޖު ކުރަންވެސް 17 މިލިއަން ޑޮލަރު ދީފަ އެވެ.