Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުން މިރޭ

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ އެވެ.

މި ބައްދަލުވުން އޮންނާނީ މަރަދޫ ބޮޑޮގޭގައި މިރޭ 8:30 ގަ އެވެ.

މި ބައްދަލުވުމުގައި މި އަހަރު ތެރޭގައި މިހާތަނަށް ކައުންސިލުން ހިނގިފައިވާ ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޝްވާރާ ހޯދުން އޮންނާނެ އެވެ.

މި އަހަރުގެ ފެބްރުވަރީ މަހު ވެސް ކައުންސިލުންވަނީ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ހޯދައިފަ އެވެ.