Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ދިރާގަށް 215 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ދިރާގު ހެޑް އޮފީސް - ފޮޓޯ: ހުސެއިން އިބްރާހިމް (ވީނިއުސް)

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 215.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާއި އަޅާބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ 3% އިތުރުވެފަ އެވެ. އެއީ މޯބައިލް ޑޭޓާ އާއި ފައިބާ ޓުދަ ހޯމް (އެފްޓީޓީއެޗް) ސާވިސް އާއި އެންޓަޕްރައިސް ސާވިސް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 694.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިންގުމުގެ ޚަރަދުގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 349.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ދިރާގުން މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ދައްކާފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ޖެހިފައިވަނީ 2.84ރ. އެވެ.