Last Updated: June 9, 10:24
Tuesday, June 9, 2026
މުނިފޫހިފިލުވުން

އަކްޝޭ އާއި ކަރީނާ "ގުޑް ނިއުސް" ގައި

އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ޚާން ކަރަން ޖޯހަރުގެ ފިލްމް "ގުޑް ނިއުސް" އަށް ފުރިހަމަ އަށް ތައްޔާރު ވެފައެވެ.

ރާޖް މެހެތާ ޑައިރެކްޓް ކުރާ މި ފިލްމުން ފެނިގެން ދާނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިއެކެވެ. ކަރީނާ އަދި އަކްޝޭ ކުޅޭނީ އެ ދެމަރިފިންގެ ރޯލެވެ.

ފިލްމް "ގުޑް ނިއުސް" ނެރެވޭނެ ކަމަށް ބެލެވެނީ މި އަހަރު ނިމޭހާ ތާނގަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެއްވާ މަޖާ ގިނަ މަންޒަރުތަކެއް ދައްކުވައިދޭނެ މި ފިލްމުގައި ތަފާތު ރޯލްތަކުން ދިލްޖީތް ދޯސަންޖް އަދި ކިއާރާ އަދްވާނީ ފެނިގެންދާނެއެވެ.

އެންމެ ފަހުން ކަރީނާ އަދި އަކްޝޭ އެކުގައި ފެނިފައިވަނީ މީގެ ގާތްގަނޑަކަށް ނުވަ ވަރަކަށް އަހަރު ކުރިންނެވެ. އެއީ ފިލްމް "ކަމްބަކްތް އިޝްގް" އިންނެވެ.