Last Updated: June 9, 10:24
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ސަޑަކް 2" އަންނަ އަހަރުގެ ނޮވެމްބަރުގައި

މަޝްހޫރު ޕްރޮޑިއުސަރ މަހޭޝް ބަޓް އޭނާ 1991 ވަނަ އަހަރު އުފެއްދި ފިލްމް "ސަޑަކް" ގެ ރީމޭކެއް ކަމަށްވާ "ސަޑަކް 2" ރިލީޒް ކުރާނެ ތާރީޚް ކަނޑައަޅައިފިއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަހޭޝް ބުނެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

މި ޚަބަރު ޔަގީން ކޮށްދީފައިވާ ކަމަށް ފިލްމް ކްރިޓިކް އަކުން ވަނީ ޓްވީޓެއް އާންމު ކޮށްފައެވެ. އެގޮތުން އެ ޓްވީޓްގައި ވަނީ 2019 ވަނަ އަހަރު ނޮވެމްބަރު 15 ވަނަ ދުވަހު ފިލްމް"ސަޑަކް 2" ރިލީޒް ކުރެވޭނެ ކަމަށާއި ފިލްމްގެ ލީޑް ކާސްޓުންނާއި އެހެނިހެން ފަރާތްތައް ވަރަށް އަވަހަށް އެނައުންސް ކުރާނެ ކަމަށެވެ.

1991 ވަނަ އަހަރު ނެރުނު "ސަޑަކް" ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ ސަންޖޭ ދަތު، ޕޫޖާ ބަޓް، ސަދާޝިވް އަމްރަޕޫރްކަރް، ދީޕަކް ތިޖޯރީ އަދި ނީލިމާ އަޒީމެވެ.