Last Updated: June 27, 20:02
Saturday, June 27, 2026
ރިޕޯޓް

ކާލަމާ: ޝްރިމްޕް ފްރައިޑް ރައިސް

* ބޭނުންވާ ތަކެތި:

3 ޖޯޑު ޝްރިންމްޕް
3 ޖޯޑު ކައްކާފައި ހުރި ބަތް
1 ސަމުސާ ތެޔޮ
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
2 ކެރެޓް (ކުދިކޮށް ކޮށާފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ގިތެޔޮމިރުސް ( ކުދިކޮށްކޮށާފައި)
1 ފެހި ބެލްޕެޕާ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ފެހި ގްރީންޕީސް
2 ސަމުސާ ސޯޔާ ސޯސް
1 ބިސް (ގިރާފައި)

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ މަޑު ގިނީގައި ކުޑަ ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށް ފަހު އޭގެ ތެރެއަށް ލޮނުމެދާއި، ފިޔާ އަދި މިރުސް އަޅައި މީރުކޮށްލާށެވެ.

އެއަށް ފަހު އޭގެ ތެރެއަށް ކެރެޓާއި ބެލްޕެޕާ އަޅާ ހުރިހާ އެއްޗެއް މަޑުވަންދެން މީރުކޮށްލާށެވެ. ދެން މހުރިހާ އެއްޗެއްގެ ތެރެއަށް ޝްރިންމްޕްކޮޅު އަޅާލާ ރޯފޮލަންދެން ކައްކާލާށެވެ.
ދެން މިތަކެތީގެ ތެރެއަށް ކައްކާފައިހުރި ބަތް، ގްރީން ޕީސް، ސޯޔާ ސޯސް އަޅާ 2 މިނެޓު މިކްސް ކުރަމުން ކައްކާލާށެވެ. ދެން ބަތްތައް އެއް ފަރާތްކޮށްފައި، ތެލީގެ އަރިމައްޗަށް ބިސް އަޅާފައި ބިސްކޮޅު މިކްސް ކުރަމުން ރޯފިލުވާލާށެވެ.

ހުރިހާ އެއްޗެއް އެކޮށްލުމުން މިހުރީ ބަތްގަނޑު ތައްޔާރުވެފައެވެ.