Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

"ރިޝްވަތު ނަގާ މީހުންނަށް އަދަބު ދެވޭ ތަން ފެންނާނެ"

ރިޝްވަތު ނަގާ މީހުންނަށް ހަރުކަށި އަދަބު ކަނޑައެޅިގެންދާ މަންޒަރު ފެންނާނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ޤާނޫނުލް އުޤޫބާތުން ރިޝްވަތުގެ ކުށް އުވޭ ގޮތަށް އޭނާ އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ކޮންފަރެންސެއްގައި އައިބީ ވަނީ އޭނާ ހުށަހެޅުއްވި އިސްލާހުގެ ދިފާޢުގައި ވާހަކަ ދައްކަވައިފައެ ވެ.

ޕީޕީއެމުން ބުނެފައި ވަނީ، ރިޝްވަތު ކުށް ޤާނޫނުލް އުގޫބާތުން އުވާލަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"މަޖިލީހާއި ކޯޓުތަކަށް ރިޝްވަތު ވެއްދި ކަމަށް ރައްޔިތުން ތުހުމަތު ކުރާ މީހުން މިއަދު ރިޝްވަތޭ ކިޔައި ބުހުތާން ދޮގު ފެތުރީމާއި އަންނަނީ ހިނި، " އައިބީ ވިދާޅުވި އެވެ.

އައިބީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވިދާޅުވީ ރިޝްވަތު ނަގާ މީހުންނަށް ޤާނޫނުން ހަރުކަށި އަދަބު ކަނޑައެޅިގެންދާ ތަން ފެންނާނެ ކަމަށެވެ.

"މަޖިލީހާއި ކޯޓުތަކަށް ރިޝްވަތު ވެއްދި ކަމަށް ރައްޔިތުން ތުހުމަތު ކުރާ މީހުން މިއަދު ރިޝްވަތޭ ކިޔައި ބުހުތާން ދޮގު ފެތުރީމާ އަންނަނީ ހިނި." އޭނާ ވިދާޅުވި އެވެ.