Last Updated: June 9, 10:24
Tuesday, June 9, 2026
ޚަބަރު

ގެއަށް ވަންނާނީ އިންތިހާބު ކާމިޔާބުކޮށްގެން: ޝިފާޒް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްގެން ނޫނީ އިދިކޮޅު ފަރާތްތަކުން ތިބީ ގެޔަށް ނުވަންނަ ގޮތަށް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ހޯދާނެ ކަމަށާއި ރައީސް ޔާމީނަށް ވޯޓުކަރުދާސް ނުދީ ނުހުރެވޭނެ ކަމަށް ވެސް
ހދ.ދަނގެތީ ހަނދު ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މި ވޭތުވެދިޔަ ހަތަރު އަހަރު ދިވެހި ރައްޔިތުން މަސައްކަތް ކުރީ ވޯޓު ކަރުދާސް ކޮޅު ހޯދުމުގެ އުންމީދުގައި ކަމަށެވެ. ވޯޓު ގުނަން ޖެހޭނީ ރައްޔިތުން ކުރިމަތީގައި ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވަނީ ކުރިއަށް އޮތް އިންތިޚާބު ގުޅިފައިވާ ޕާޓީތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައްޔިތުން މިއަދު ތިބީ އިންތިހާބު ކާމިޔާބުކޮށް، އަނިޔާވެރިންގެ ކިބައިން ސަލާމަތްވެގެން ގެއަށް ވަންނަ ގޮތަށް ކަމަށެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަސް ތެރޭގައި ދިވެހި ރައްޔިތުން ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެކި މަސައްކަތް ކުރެއްވީ ވޯޓު ކަރުދާސް ކޮޅު ހޯދުމުގެ އުންމީދުގައި ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދެ ފަރާތުން ވެސް ތައްޔާރު ވަމުންދާ އިރު، ބަހުގެ ހަމަލާތައް އެކި ފަރާތްތަކަށް އަމާޒު ކުރަމުންދާ ކަން ފާހަގަ ކުރެވެއެވެ. ޓްވިޓާ މެދުވެރިކޮށް އަދި ސިޔާސީ ޕޯޑިއަމްތަކުގައި ހިތުގެ އުދާސްތައް ބޭރު ކުރައްވަމުން ގެންދަވައެވެ. ސިޔާސީ ރޭހުން 1 ވަނަ ހޯއްދަވާނީ ކޮން ފަރާތެއްތޯ އެއީ ސުވާލެކެވެ.