2004 ވަނަ އަހަރު ރާއްޖޭގައި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭން ފެށި އުރީދޫ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އުރީދޫން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް މިދިޔަ ކުއާޓަރުގައި 490.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.
އެހެންނަމަވެސް، ފަތުރުވެރިކަމުގެ ދަށް ސީޒަނާ ދިމާވުމުން އެކުންފުންޏަށް ރޯމިން އިން ލިބުނު އާމްދަނީ ދަށްވުމާއި ގުޅިގެން، ފުރަތަމަ ކުއާޓަރަށްވުރެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ ކުޑަ ތަންކޮޅެއް ދަށްވެފަ އެވެ.
އުރީދޫ އިން ވަނީ މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 428 މިލިއަން ރުފިޔާ ބަހައިފަ އެވެ.
އެންމެ ފުރަތަމަ "ވަތަނިޔާ"ގެ ނަމުގައި ޚިދުމަތް ދޭން ފެށި އުރީދޫ މޯލްޑިވްސް ވަނީ އެކުންފުނީގެ 13 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފަ އެވެ.