Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ޖުމްހޫރީ 50ގެ ހަނދާނީ ފައިސާފޮތި ވިއްކަން ފަށައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ހަނދާނީ ފައިސާ ފޮތި ވިއްކަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ ފައިސާ ފޮތި ނެރެދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

ރިހިން ހަދާފައިވާ 150 ރުފިޔާގެ މޫނުމަތީ އަގުގެ އެ ފައިސާފޮތި ވިއްކާ އަގަކީ 1،500ރ. އެވެ. ރަނުން ޕްލޭޓްކޮށްފައިވާ މި ފައިސާފޮތި ހެދުމުގައި 925 އައުންސްގެ ރިހި ބޭނުންކޮށްފައިވެ އެވެ.

ބަރުދަނުގައި 28.28 ގްރާމް އަދި ޑައިމީޓަރުގައި 38.61 މިލިމީޓަރު ހުންނަ މި ފައިސާފޮތީގެ މޫނުމަތީގެ ޖުމްހޫރީ 50ގެ ލޯގޯ ޖަހާފައިވާއިރު، އަނެއް ފުށުގައި އިންނަނީ ދައުލަތުގެ ނިޝާނެވެ.