މަޑުލު މުހައްމަދު ވަހީދުގެ ސްކްރީންޕްލޭއަކަށް ދަރާ މުހައްމަދު ރަޝީދު ޑައިރެކްޓްކޮށްފައިވާ "24 ގަޑިއިރު" ގެ މަސައްކަތް ނިމި އަންނަ އަހަރު މާޗް މަހުގެ ތެރޭގައި ފިލްމް ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ްަެއެހެން ނަމަވެސް މަޝްހޫރު ބަތަލް ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ސްޓްރިއާގެ ބަތަލާއެއް ކަމަށްވާ ސާރާ އާއި މަރިޔަމް އާޒިފާ (އަޒޫ) ލީޑް ރޯލް ކުޅެފައިވާ ފިލްމް އަޅުވާނެ ސީދާ ތާރީހެއް އަދި އިއުލާންކޮށްފަ އެއް ނުވެ އެވެ.
"އިންސާފް" ގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ދެވަނަ ޕްރޮޑަކްޝަން "24 ގަޑި އިރު" އާ ބެހޭ ގޮތުން އޭނާ ބުނީ ފިލްމުގެ ސްޓޯރީލައިން އާ ބެހޭ ގޮތުން އަދި ވާހަކަ ދައްކަން ބޭނުންނުވިޔަސް މިއީ ތަފާތު ކުލަތަކައް މަސްހުނިވެފައިވާ ތިނެސްކަން ލޯބީގެ ފިލްމަކަށް ވާނެ ކަމަށެވެ. އޭނާ ބުނީ އާންމުކޮށް ދިވެހިން ގެނެސްދޭ ލޯބީގެ ފިލްމުތަކާ އޭނާގެ ފިލްމު ތަފާތުވާނެ ކަމަށެވެ.
އެ ފިލްމުގެ ތަޖުރިބާ އަށް ޝަފީގު ލޯބީގެ ފިލްމެއް ގެނެސްދޭއިރު ފިލްމުގެ އެންމެ ހާއްސަ އެއް ސިފައަކީ އޮސްޓްރިއާގެ ބަތަލާ އެވެ. އޭނާ އަކީ ތިއާޓޭ އެކްޓަރެއްގެ ގޮތުގައި އޮސްޓްރިއާގައި ތަޖުރިބާތަކެއްކޮށްފައިވާ ފަރާތެއް ކަމަށް ޝަފީގު ބުންޏެވެ.
ޝަފީގު ބުނީ ފިލްމުގައި ސާރާ ހާއްސަ ރޯލަކުން ފެނިގެންދާ އިރު ފިލްމުގެ ބޮޑު ބައެއްގައި އިނގިރޭސި ޑައިލޮގް ވެސް ހިމެނޭ ކަމަށެވެ.
އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ މި ފިލްމުގެ ލަވަކިޔުންތެރިންނަކީ ތޭރަވާ އާއި އުނޫޝާ އަދި ރިޒޫ އެވެ.
ޝަފީގު ބުނީ 400،000 ބަޖެޓަކުން އުފައްދާފައިވާ "24 ގަޑި އިރު" އޮލިމްޕަހުގައި ދެއްކުމަށް ފަހު އޮސްޓްރިއާގައި ވެސް ދެ ތިން ޝޯއެއް ދެއްކުމުގެ ހިޔާލު އެބަ ހުރި ކަމަށާއި އެކަމަށް ސާރާ އެދިފައިވާ ކަމަށެވެ.