Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އެމްޑީޕީގެ 10،000 ފޯމުވެސް އަދި ނުލިބޭ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: ވަގުތު (އަމީން ފަހްމީ)

ރީ-ރަޖިސްޓާ ވުމަށް އިދިކޮޅު އެމްޑީޕީން 10،000 ފޯމު މިހާތަނަށް ހުށައަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން މިގޮތަށް ހާމަކޮށްފައިވަނީ އެމްޑީޕީން، ރޭ އެޕާޓީން ހުށައެޅި 10،000 ފޯމުތަކަށް އޮރިޖިނަލް ސްލިޕް ލިބިފައިނުވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފާ ހަވާލާދީ "ސަން" އޮންލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްޑީޕީން ވެސް ފޯމުތައް ހުށައަޅަން ފަށާފައިވި ނަމަވެސް އަދި 10،000 ފޯމެއް އެޕާޓީގެ ފަރާތުން ހަމަވެފައިނުވާ ކަމަށެވެ.

ޝަރީފު ވިދާޅުވެފައިވަނީ އެމްޑީޕީން ފޯމުތައް ފުރައިގެން ގެންނަނީ 10 ފޯމު ދިހަ ފޯމުން އެކި މީހުން ކަމަށާއި ކޮމިޝަނުން ބެލި ބެލިމުން އަދި އެޕާޓީއަށް 10،000 ފޯމު ހަމަކުރެވިފައިނުވާ ކަމަށެވެ.

އީސީން މިހެން ބުނި ނަމަވެސް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އީސީއަށް މިހާތަނަށް ހުށައަޅާފައިވާ 24،000 ފޯމުތަކުގެ ތެރެއިން 17،000 ފޯމު ހުށައަޅާފައިވާނީ އެމްޑީޕީ އާއި ގުޅިފައިވާ އިއްތިހާދުން ކަމަށެވެ.