Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

"ޖަޒީރާ ވެހިކަލް ބުރު" މާދަމާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ އައްޑޫ ސިޓީގެ ރައްޔިތުން ބާއްވާ "ޖަޒީރާ ވެހިކަލް ބުރު" މާދަމާ އޮންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. ވެހިކަލް ބުރު ފަށާނީ ހަވީރު 4 ޖަހާއިރުއެވެ.

މި ވެހިކަލް ބުރު އިންތިޒާމްގައި އުޅޭ ފަރާތަކުން ބުނި ގޮތުގައި މިއީ އައްޑޫގައި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އޮތް ތާއީދު ދައްކާލުމަށް ބާއްވާ ވެހިކަލް ބުރެއް ކަމަށެވެ.

އައްޑޫގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާއިރު، ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.