Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ދަރަނީގެ މައްސަލައެއްގައި މަރަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ބަލާ ދަރަނީގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޒިރު ކުރަން ބޭނުންވާ މަރަދޫ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހޯދަނީ މަރަދޫ، މައިޒާން، މުޙައްމަދު ފަރުޞީދު، 40، އެވެ.

އޭނާ ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާ ކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، މި މަހުގެ 5 ވަނަ ދުވަހުގެ 09:45 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ ފަރުޞީދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރަން ފުލުހުން އެދިފައިވެ އެވެ.