Last Updated: July 1, 14:02
Wednesday, July 1, 2026
ކުޅިވަރު

އެފްވައިސީ ފުޓްސަލް އަށް ފުރުސަތު ހުޅުވާލައިފި

ސ. ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ) އިން އިންތިޒާމް ކުރާ "އައްޑޫ ފުޓްސަލް ޗެލެންޖް 2013" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ޖޫން މަހު 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 16 ޓީމަށް ޖާގަ ދޭ ގޮތަށެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ބައިވެރިވުމަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައި ވަނީ 2،500ރ. ގެ ފީއަކަށެވެ.

އޮފިޝަލް ބުނީ ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމައަށް އަންނަ 16 ފަރާތަށް ކަމަށެވެ. އަދި އެގޮތުން ހުށަހަޅާ އިރު ޖަމިއްޔާތަަކަށް އިސްކަން ދޭނެ ކަމަށެވެ.

އެފްވައިސީން ބުނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެޖަމިއްޔާއިން 35،000ރ. ގެ ފައިސާގެ އިނާމެއް ދޭނެކަ މަށެވެ. އަދި މުބާރާތް ސްޕޮންސަ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޖަމިއްޔާ އިން ބުނެ އެވެ.

މުބާރާތާ ގުޅޭ ގޮތުން ސާފު ކުރަން ޖެހޭ މައުލޫމާތު 9119811 ,7948456 ,7842443 ނަންބަރު ފޯނުތަކަށް ގުޅާލައިގެން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.