Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ޖެންޑަރ މިނިސްޓްރީގެ ނައިބަކަށް ޑރ. ސުނީނާ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެގޮތުން އެ މަޤާމަށް ރައީސް މިއަދު އައްޔަންކުރެއްވީ ގދ.ރަތަފަންދޫ، ކާނިގަސްދޮށުގެ ޑޮކްޓަރ ސުނީނާ ރަޝީދު އެވެ.

އެކަމަނާ އަށް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ޕީ.އެޗް.ޑީ ޙާސިލްކުރެއްވި ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނުމާއި ގުޅިގެން، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މިއަހަރުގެ މިނިވަން ދުވަހު ސަރުކާރުން ދެއްވި ހަނދާނީފިލާ ލިބިވަޑައިގެންފަ އެވެ.

އެކަމަނާ ޕީއެޗްޑީ ހާސިލް ކުރެެއްވީ މުދައްރިސުން ތަމްރީންކުރުމުގެ މައިދާނުގައި ތަމްރީނު މިހާރު ހިންގާ ގޮތާއި ދިމަވާ ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތްތަނުގައި އެ ތަމްރީންތައް ރާވާ ހިންގިދާނެ ގޮތްތަކާ ބެހޭގޮތުންކުރެއްވި ދިރާސާގެ މައްޗަށެވެ.