ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެންބަރުކަމުން ދަފްތަރު ނަންބަރު 5095، އަލްފާޟިލާ ޚަދީޖާ ޙުސައިން މިއަދު ވަކިކުރައްވައި ބަދަލުގައި، އެ މަޤާމަށް އެހެން ބޭފުޅަކު ޢައްޔަންކުރައްވައިފި އެވެ.
އެގޮތުން އެ މަޤާމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ ބ.އޭދަފުށި، ދިގަލި އަލްފާޟިލާ މަޢުޞޫމާ ޔޫސުފް އެވެ.
ޅަދީޖާ ވަކިކޮށް މައުސޫމާ އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.
މައުސޫމާއަކީ އިސްލާކިމް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރުގެ ދައްތަ އެކެވެ.
މީގެ އިތުރުން އޭނާ އަކީ ޕީއެސްއެމްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.