Last Updated: May 8, 13:19
Thursday, May 8, 2025
ޚަބަރު

މިސްކިތަކަށް ދިން ހަމަލާއެއްގައި 25 މަރު

އަފްޣާނިސްތާންގެ އިރުމަތީގެ ޕަކްތިއާ ސިޓީގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 25 މީހަކު މަރުވެއްޖެއެވެ.

ބޮމާއި ބަޑީގެ ހަމަލާތައް ދިން ހަވާޖާ ހަސަން މިސްކިތަކީ ޝިޢީން ބޭނުންކުރާ މިސްކިތެކެވެ. އެ މިސްކިތަށް ދިން ހަމަލާތަކުގައި 81 މީހަކު ވެސް ވަނީ ޒަޚަމްވެފައެވެ.

ޕަކްތިއާ ޕްރޮވިންސްގެ ފުލުހުން ބުނެފައިވާ ގޮތުގައި ބަޑި ހިފައިގެން ތިބި ބަޔަކު އެ މިސްކިތަށް ވަދެ ހަމަލާ ދިން އިރު މިސްކިތުގައި ތިބި މީހުން ގެންދިޔައީ ހުކުރު ނަމާދު ކުރަމުންނެވެ.

"އެމީހުން ވަނީ ނަމާދަށް ތިބި މީހުންގެ ގަޔަށް ބަޑި ޖެހުމަށްފަހު ބޮންތަކެއް ވެސް ގޮއްވާލާފައި." ޕަކްތިއާ ޕްރޮވިންސްގެ ފުލުހުންގެ ތަރުޖަމާނަކު ބުންޏެވެ.

މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާއިރު، ތާލިބާން ހަނގުރާމަވެރިން ވަނީ މި ހަމަލާ އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ.

ޝިއީންގެ މިސްކިތަކަށް އަމާޒުކޮށް ހަމަލާތަކެއް ދިން އިރު، ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތާއި ގުޅުންހުރި ގްރޫޕްތަކުން ވަނީ މީގެ ކުރިން ވެސް ވަނީ ޝިޢީ މުސްލިމުންނަށް އަމާޒުކޮށް މިފަދަ ހަމަލާތަކެއް ދީފައެވެ.