Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު

ހިތަދޫގެ ކުރީގެ ބޮޑު ކަތީބު މޫސާ ވަޖުދީ ނިޔާވެއްޖެ

އައްޑޫ ސިޓީ، ހިތަދޫގެ ކުރީގެ ބޮޑު ކަތީބު ކަމާއި އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމް އަދާކުރެއްވި މޫސާ ވަޖުދީ (ވައްޖީ) ނިޔާވެއްޖެ އެވެ.

އުމުރުފުޅުން 82 އަހަރުގައި މޫސާ ވަޖުދީ ނިޔާވި އިރު، އެ ބޭފުޅާ ވަނީ ހިތަދޫގެ ކުޑަކަތީބުކަމާއި ބޮޑުކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފަ އެވެ.

ވަޖުދީ ނިޔާވީ ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެ ބޭފުޅާގެ އެކުވެރިން ފާހަގަ ކުރާ ގޮތުގައި މޫސާ ވަޖުދީއަކީ ހިތްހެޔޮ އަދި މީހުންނަށް އިހްތިރާމު ކުރާ މީހެކެވެ.

ކަތީބުކަމާއި ބޮޑު ކަތީބުކަމުގެ އިތުރަށް އަތޮޅުވެރިޔާ އިސް އެހީތެރިޔަކަށް ހުންނެވި އިރު ވެސް އައްު އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

މޫސާ ވަޖުދީގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ހިތަދޫ ހުކުރު މިސްކިތުގައެވެ.