"ސިނަމާލެ ބްރިޖް" އަށް އިޝާރާތް ކުރައްވާ އެއީ ކޮރަޕްޝަނާއި ވައްކަމަށް ތުހުމަތު ކުރެވޭ ތަނެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހެއްގައި ބްރިޖްގައި ކައިވެނި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރަން އާދީއްތަ ދުވަހު ފަށާނެ ކަމަށް ލިޔެފައިވާ ހަބަރެއް ހިމަނައިގެން ނިޒާރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ " ތިޔައީ ކޮރަޕްޝަނާއި ވައްކަމަށް ތުހުމަތު ކުރެވޭ ތަނެއް. ހެޔޮނުވާނެ ތިޔަތާ މަތީ ތިޔަފަދަ މަތިވެރި ކަމެއް ކުރަން" މިހެންނެވެ.
Thiyai Corruption aai Vakkamah thuhumathu kurevey thanei. Heyo nuvaane thiya thaa mathee thiya fadha mathiveri kamei kuruvan.https://t.co/xOSk5PFiAz
— Ali Nizar (@DhekunuNizar) August 3, 2018
ނިޒާރަކީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ރައީސް މުޙައްމަދު ނަޝީދަށް އެހާމެ ތައުރީފް ކުރައްވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން ސަންގު ޓީވީގައި ދާދީ ފަހުން ދެއްކެވި ވާހަކައެއްގައި ނިޒާރު ވަނީ ނަޝީދަކީ، އެމްޑީޕީ އަށާއި ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް އަށް ލިބިފައި ހުރި ހަމަ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި މުދަލެއް ކަމަށް ވިދާޅުވެފައެވެ.