Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ތިލަފުށީގައި އެއްޗެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެ

ކ. ތިލަފުށީގައި މިއަދު ހެނދުނު އެތަނުގައި ބޭނުން ކުރަމުން ދިޔަ ކޮމްޕްރަސަރެއް ގޮވައި، ތިން މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިއްޖެއެވެ.

މިހާދިސާ ގައި އަނިޔާވެފައިވަނީ ދިވެއްސަކާއި ދެ ބިދޭސީންނަށެވެ. ފުލުހުން ބުނެފައިވަނީ އެއްޗެއް ގޮވައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:30 އެހާކަށްހާއިރު ކަމަށެވެ.

އަނިޔާވި ތިން މީހުނަށް ވެސް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.