ގައުމުގެ އަމަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ގައުމީ ދިފާއީ ބާރު ސިފައިން ކުއްލި ހާލަތަށް ގެނެސްފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިމް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެ މައުލޫމާތާއި ގުޅިގެން ސިފައިންނާއި ފުލުހުން ވަރަށް ކައިރިން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި މިކަމާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަަމަ ސިފައިންނާއި ފުލުހުންނާއި ހިއްސާ ކުރެއްވުމަށް އާދަމް ޝަރީފު ވަނީ އެދިވަޑައިގެންފައެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ލިބިފައިވާ ކަމުގެ މައުލޫމާތު އަދި މިހާތަނަށް ރަސްމީކޮށް ސިފައިންނާއި ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ތަފްސީލް އަންނަނީ……