Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފައިސަލް ވ. އަތޮޅުގައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ތ. އަތޮޅަށް ކެމްޕޭނަށް ވަޑައިގެންފައިވާ އިރު، އެ މަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

ވ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ފައިސަލް އެންމެ ފުރަތަމަ ވަޑައިގަތީ ފުލިދުއަށެވެ. އެ ރަށުން އޭނާ އަށް ހޫނު މަރުހަބާއެއް ރައްޔިތުން ކިޔާފައިވެ އެވެ.

ވ ގެ ދަތުރުގެ ތެރެއިން އެ އަތޮޅުގެ އިތުރު ރަށްތަކަށް ވެސް ފައިސަލް ވަޑައިގަންނަވާނެ އެވެ.