Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

"ލިޓަސް" ހިތަދޫ ފިހާރައިގެ ބިއްލޫރި ތަޅާލައިފި

ސައިކަލް ވިއްކާ މަޝްހޫރު ކުންފުނި "ލިޓަސް" އިން ހިތަދޫގައި ހިންގާ ފިހާރައިގެ ބިއްލޫރިތައް ރޭ ތަޅާލައިފި އެވެ.

ރޭ ދަންވަރު 12:30 އެހާކަށްހާ ހިންގި މި ހާދިސާ މިހާރު ފުލުހުންނަށް ރިޕޯޓްތައް މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

"ލިޓަސް" ގެ އޮފިޝަލަކު އައްޑޫ ލައިވް ބުނީ ފިހާރައިގެ ބިއްލޫރިތައް ތަޅާލައިފައި ވަނީ ޕޭވްމަންޓް ގާތަކެއް އުކައިގެން ކަމަށެވެ. އަދި މި ހާދިސާގައި ފިހާރައަށާއި އިތުރު އެއްވެސް އެއްޗަކަށް ގެއްލުން ނުވާ ކަމަށް ބުންޏެވެ.

"ލިޓަސް" ހިތަދޫ ފިހާރަ ހުންނަނީ ހިތަދޫ ލިންކް ރޯޑްގަ އެވެ. އެތަން ހުޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެވެ.

ފޭދޫގައި ވެސް "ލިޓަސް" ގެ ފިހާރައެއް ހުރެ އެވެ.