Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ޑްރަގާ އެކު ދިވެއްސަކު ތައިލެންޑުން އަތުލައިގެންފި

ދިވެހި ފުލުހުން މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތެއް ނައްތާލަނީ:

ތައިލެންޑުގެ ޑޮން މުއާންގް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެއްސަކު އިއްޔެގެ ވަގުތެއްގައި އަތުލައިގެންފިއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިއްޔެ އެއާޕޯޓު ސެކިއުރިޓީން ހިފަހައްޓާފައިވަނީ އުމުރުން 43 އަހަރުގެ އާދަމް ސާލިއާ ނަމަކަށް ކިޔާ ދިވެއްސެއް ކަމަށެވެ. އަދި އޭނާގެ ފޮށި ބަލާ ފާސްކުރި އިރު 800 ގުރާމުގެ ހެރޮއިން އެއިން ފެނިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ތައިލެންޑުގެ ޑްރަގް ސަޕްރެޝަން ފުލުހުން ވަނީ އޭނާގެ މައްޗަށް ކްލާސް އޭ ޑްރަގްއެއް އަތުގައި ގެންގުޅުމާއި، ވިއްކަން އުޅުމާއި ގައުމުން ބޭރުކުރަން އުޅުމުގެ ދައުވާ އުފުލާފައެވެ. އޭނާ އަތުލައިގެންފައިވަނީ ތައިލެންޑުން ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯއަށް މެލޭޝިޔާ މަގުން ފުރަން އެއާޕޯޓަށް ގޮސްފައިވަނިކޮށެވެ.

ދާދި ފަހުން އިންޑިޔާ އިން ވެސް ދިވެހިންގެ ބަޔަކު ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގެންފައެވެ.