ހިތާއި ފުއްޕާމޭގެ ބަލިތަަކަށް ޚާއްސަ އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ބާބަރް ބަޝީރް ޗައުދްރީ އައްޑޫ ސިޓީ ހިތަދޫ ދިލްޝާދް ކްލިނިކް (ޑރ. މެނަން ކްލިނިކް) ގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިއްޖެއެވެ.
ދިލްޝާދު ކުލިނިކުން ބުނީ މި ޑޮކްޓަރު ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮގަސްޓްމަހުގެ 13، 14 އަދި 15 ވަނަ ދުވަހު ކަމަށެވެ.

ޑރ. ބާބަރް ފަރުވާ ދެއްވާ ބަލިތަކުގެ ތެރޭގައި ނޭވާލުމުގެ ނިޒާމުގެ މައްސަލަތަކާއި، ނޭވާ ކުރުވުން، ނޭވާލުމަށް ދަތިވުން، މޭގައި ރިއްސުން މީގެ އިތުރުން ހިތުގެ އަދި ފުއްޕާމޭގެ އެންމެހާ މައްސަލަތައް ހިމެނެއެވެ.
މީގެ އތުރުން އީސީޖީގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޑޮކްޓަރަށް ދެއްކުމަށްޓަކާ އެޕޮއިންޓްމަންޓް ހެއްދުމަށް ހެނދުނު 09:00 ން 12:00 ށް އަދި 18:00 ން 22:00 ދެމެދު ކްލިނިކްގެ ނަމްބަރު 6885529 އަށް ގުޅުއްވުމުން އެޕޮއިންޓްމަންޓް ހެދޭނެއެވެ. އެހެން ނޫންނަމަ ކޮންމެ ގަޑިއެއްގައިވެސް 7955795 އަށް ބަލިމީހާގެ އައިޑީ ކާޑު ނަމްބަރު އަދި ފުރިހަމަ ނަން މެސެޖް ކުރުމުން ވެސް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ.