ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ތަންތަނާއި ބެހޭ ފަރާތްތަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރްސީ.އެމް) އިން ބައްދަލުކޮށްފި އެވެ.
އެޗް.އާރް.ސީއެމް އިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ތަންތަނަށް ޒިޔާރަތްކުރުމަށްފަހު، އެތަންތަނުގައި އިސްލާހުކުރުމަށް ހުރި ކަންކަމަށް އެ ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން މުހިންމު ހުށަހެޅުންތައް ތަންފީޒު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރު އެޅުމުގެ ގޮތުން ސްޓޭކްހޯލްޑަރސް ބައްދަލުވުމެއް ބާއްވާފައި ވަނީ މިއަދު ކަމަށެވެ.
އެ ބައްދަލުވުމުގައި ވިލިމާލެ ކުޑަކުދިންގެ ހިޔާއާ ހުޅުމާލެ ފިޔަވަތިއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކާއި، އެ ދަތިތަށް ހައްލުކުރުމަށް މިހާތަނަށް ކޮށްފައިވާ އަދި އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.