Last Updated: June 9, 09:22
Tuesday, June 9, 2026
ޚަބަރު

ޕީޕީއެމުން މަގުމަތީގައި ދިދައެއް ނުދަމާ: އަދުރޭ

ފޮޓޯ: ވީނިއުސް

ޕީޕީއެމުން މަގުމަތީގައި ދިދައެއް ނުދަމާ ކަމަށް، އެ ޕާޓީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދރޭ މިހެން ވިދާޅުވީ މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ދަނޑިތަކުގައާއި، ކެމެރާގެ މަންޒަރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ކެމްޕެއިން ބެނާއާއި، ދިދަފަތި ދަމާފައި ހުންނަކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ކޮށްފައިވާ އިލްތިމާސްއާ ގުޅިގެން، ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ، މާލޭގެ މަގުތަކުގައި މިހާރު ދަމާފައި ހުރި ދިދަފަތިތަކަކީ ޕީޕީއެމުން ދަމާފައިވާ ދިދަފަތިތަކެއް ނޫން ކަމަށެވެ. އެއީ ޕީޕީއެމްއަށް ސަޕޯޓްކުރާ ފަރާތްތަކުން ކުރި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމުން މަގުމަތީގައި ދިދައެއް ނުދަމާ ކަމަށާއި، މާލޭގެ މަގުތަކުގައި މިހާރު ދަމާފައި ހުރި ދިދަފަތިތަކަކީ ޕީޕީއެމުން ދަމާފައިވާ ދިދަފަތިތަކެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އެއީ ޕީޕީއެމްއަށް ސަޕޯޓްކުރާ ފަރާތްތަކުން ކުރި ކަމެއް ކަމަށް ގަބޫލުކުރަނީ. ޕީޕީއެމުން އެދިގެން މިހާތަނަށް އެއްވެސް ބަޔަކު މަގުމަތީގައި ދިދަ ދަމާފައެއް ނޯންނާނެތީވެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

މާލޭގެ ބޮޑެތި އެތައް މަގުތަކާއި، ހަނި ގޯޅިތަކުގައިވެސް ޕީޕީއެމްގެ ދިދަފަތި ދަމާފައި ވެއެވެ.